ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް: |
މަސައްކަތު (ވޭޖްޕޫލް) |
ބޭނުންވާ ޢަދަދު: |
2 (ދޭއް) |
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް |
ވަޒީފާއަދާ ކުރަންޖެހޭ ތަން: |
ށ.ފޭދޫ މިސްކިތްތައް / މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
މަސައްކަތްކުރާ ގަޑިއަކަށް 45.00 (ރުފިޔާ) (މަސައްކަތު) |
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް |
މަޤާމުގެ ޝަރުތުތައް: |
ލިޔަން ކިޔަން އެގުން. ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ: ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާ އަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.ނުވަތަ ސްކްރީންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށުވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. |
މަޤާމްގެ މައިގަނޑު މަ ސްއޫލިއްޔަތު: |
|
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540045 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
16 ސަފަރު 1444