ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރ

މި އިޢުލާންވަނީ 12 ސެޕްޓެންބަރު 2022 09:24 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :ޕާރޓް ޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :1

 މަޤާމް:

 ޕާރޓްޓައިމް ލެކްޗަރަރ

 ބޭނުންވާ ޢަދަދު:

2

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

 މާއްދާ:

Baking Principles and Yeast Goods (CAT017)

 ކޯސް:

 ސެޓްފިކެޓް 3  އިން ޕެޓިޝަރީ

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

 

މަޤާމުގެ   ޝަރުޠު:

- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ކެންޑިޑޭޓުން ހޮވުމުގައި  އިޢުލާންގައި ބަޔާންކުރާ މޮޑިއުލް ކިޔަވައިދިނުމުގެ ތަޖުރިބާއާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  20 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ފެކަލްޓީގެ  ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 އިތުރު މަޢުލޫމާތު:

- ކުލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައެޅޭ ތާވަލާއި އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

12 ސެޕްޓެންބަރު 2022
ހޯދާ