ދިވެހިރާއްޖެ
ތ. އޮމަދޫގެ ލޭންޑްޔޫސް ޕްލޭން ހެދުމާއި ޓޮޕޮގްރަފިކް ސާރވޭކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމާބެހޭ މަޢުލޫމާތު ހޯދުމަށާއި ބީލަމުގައި ރަޖިސްޓްރީވުމަށް 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް" ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނެ ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
ބައްދަލުވުން |
ތާރީޙް |
ގަޑި |
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
22 ސެޕްޓެމްބަރ 2022 (ބުރާސްފަތި) |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
26 ސެޕްޓެމްބަރ 2022 (ހޯމަ) |
10:00 |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.