އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:

 

އެކައުންޓްސް އޮފިސަރ

މަޤާމްގެ ނަމްބަރ:

J351001

ބޭނުންވާ ޢަދަދު:

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމްގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ. ދަނގެތީ ސިއްޙީ މަރުކަޒު

މުސާރަ:

5610/-

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

     

1.     ބަޖެޓް ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން

 

2.     އާމްދަނީ އަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާވޭތޯ ބަލާ އެކަން ކުރުވުން

3.     އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން އާމްދަނީ އަށް ލިބޭ ފައިސާ ގެ މަސްދުވަހުގެ ރިޕޯޓް ކަމާއި ބެހޭ ފަރާތަށް މުއްދަތަށް ފޮނުވޭތޯ ބަލާ އެކަން ކުރުވުން

4.     ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން

5.     ފައިސާ ޚަރަދު ކުރުމުގައި މެނޭޖްމެންޓަށް އިރުޝާދު ދިނުން

6.     ޞިއްޙީ މަރުކަޒުތަކުން ހޮސްޕިޓަލަށް އާމްދަނީ އަށް ލިބޭ ފައިސާ މަސްނިމުމުން އާމްދަނީ އެކައުންޓަށް ޖަމާކުރެވޭތޯ ބަލާއެކަން ޤަވާއިދާއި އެއްގޮތަށް ހިގާތޯ ބެލުން

7.     ހޮސްޕިޓަލުން ދެވޭ އަގުނަގާ ޚިދްމަތްތަކުގެ ތެރެއިން އަގުނަގާ ޚިދްމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލާ އެކަން ޤަވާއިދާއި އެއްގޮތަށް ހިގާތޯ ބެލުން

8.     ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސްޕަވައިޒްކޮށް ހެދުން.

9.     ޞިއްޙީމަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް  ޗެކްކުރުމާއި  އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއިއެކު މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދިނުން

10.    ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި އިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ކަޑައެޅިފައިވާ މުއްދަތުގާ ތަފްޞީލް ފޮނުވާތޯ ބަލައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން

11.    ބޭންކް އެކައުންޓްތައް ރަގަޅަށް ބަލަހައްޓަމުން ދޭތޯ އާއި ބަޖެޓް ފައިސާ އާއި ބަޖެޓާއި ނުބެހޭ ފައިސާ ގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމަމުން ދޭތޯ ބަލާ އެހީތެރިވުން

12.    ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓާ ބިލްތަކާއި ޚަރަދު ބައިތައް ރަގަޅުތޯ ބަލާ ވައުޗަރުގާ ސޮއި ކުރުވުން

13.    ތިޖޫރީގައި ހުންނަ ފައިސާ އާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުވުން

14.    ފައިސާ އާއި ބެހޭ ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތަށް ތައްޔާރުކުރުވުމާއި ކަމާއި ބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން .

15.    ޚަރަދުތައް ލިބިފައިވާ ބަޖެޓާއި އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ބާރުއަޅައި މަސައްކަތް ކުރުން

16.    ފައިނޭސްގެ މަސައްކަތްކުރައްވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ތަނުގެ މަސައްކަތަށް ދަތި ނުވާނޭފަދަ ގޮތެއްގެ މަތިން މުވައްޒަފުންގެ ޗުއްޓީ ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

 

 

 

 

 

މަޤާމުގެ ޝަރުޠުތަށް

 

މަގާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

   މަޤާމުގެ މަސައްކަތާއި ގުޅޭ ވަޒީފާގެ ދާއިރާ

1. ފައިނޭންސް

2. އެކައުންޓިންގ

 

 

 ތައުލީމީ ރޮނގުތައް

  1. އެކައުންޓިންގ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ފައިނޭންސް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: 

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

1. ފައިނޭންސް

2. އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249)  އަދި އދ.ދަނގެތި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ).
  2. 2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. 3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އދ.ދަނގެތީ ޞިއްޙީ މަރުކަޒުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އަށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް   މީހަކު  ހޮވުމަށް  ބޭއްވޭ   އިންޓަރވިއު  އޮންނާނީ 18  ސެޕްޓެމްބަރ 2022އިން 26 ސެޕްޓެމްބަރ 2022 އާއި ދެމެދު އދ. ދަނގެތީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680875) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

11 ސެޕްޓެންބަރު 2022
ހޯދާ