ދިވެހިރާއްޖެ
އިޢުލާން
ރ.މާކުރަތު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތު މަޤާމަށް ދިވެހި މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.
މަޤާމް |
މަސައްކަތު |
ބޭނުންވާ ޢަދަދު |
02 (ދޭއް) |
މަޤާމް އޮތް އޮފީސް/އިދާރާ |
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ |
ސެކްޝަން/ ޔުނިޓު |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް (2 އަހަރު) |
މަޤާމުގެ ކުލެސިފިކޭޝަން |
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރ. މާކުރަތު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / ރ. މާކުރަތު ކައުންސިލްގެ އިދާރާ |
މަޤާމް އޮތް އޮފީސް/އިދާރާ |
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ |
މަސައްކަތް ކުރަންޖެހޭ ވަގުތު |
07 (ހަތެއް) ގަޑިއިރު، (ހެނދުނު 7:00 ން 11:00އަށް، މެންދުރުފަހު 1:00 ން 4:00އަށް) ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު |
މަޤާމްގެ ރޭންކް |
އެސް.އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
މުސާރަ |
މަހަކު 3470.00 (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ) |
ސަރވިސް އެލަވަންސް |
މަހަކު 1000.00 (އެއްހާސް ރުފިޔާ) |
ސަޕޯޓިންގ ކޯރ އެލަވަންސް |
މަހަކު 1200.00 (ބާރަސަތޭކަ ރުފިޔާ) |
މިނިމަމް ވޭޖު އެލަވަންސް |
މަހަކު 1573.00 (ފަނަރަސަތޭކަ ހަތްދިހަ ތިން ރުފިޔާ) |
އިތުރު އިނާޔަތްތައް |
|
މަޤާމުގެ ޝަރުޠު |
|
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް |
ކައުންސިލުގެ ހުރިހާ މުވައްޒަފުން ސާމިލްވެގެން ހިންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރ. މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. - އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު |
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ސެޕްޓެމްބަރ 2022 އާއި 21 ސެޕްޓެމްބަރ 2022 އާ ދެމެދު، ރ.މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ. |
ޝޯޓު ލިސްޓް ކުރުން |
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
- ލިބިފައިވާ ތަޢުލީމް - މަޤާމުގެ މަސައްކަތު ދާއިރާއާއި ގުޅޭ ތަޖުރިބާ %30 - އިންޓަވިއު %60 - ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓުގެ ޖުމުލަ އިންސައްތަ، %30 (ތިރީސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
- އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުމަށް |
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 4009830 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
ނޯޓު: |
- މިއީ މިއިދާރާގެ ސިވިލްސަރވިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ. ނަމަވެސް މި މަޤާމުގައި މުވައްޒަފުން ގެންގުޅޭނީ ސިވިލް ސަރވިސް ޤަވާއިދު 2014 ގެ ޗެޕްޓަރ 9 ގައިވާ ވަގުތީ މުވައްޒަފުން ގެންގުޅުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ. - މި މަޤާމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރައްވަން ޖެހޭނީ ހަފުތާއަކު 06 ދުވަހު ރ. މާކުރަތު ކައުންސިލުން ހަމަޖައްސަވާ ގަޑިތަކެއްގައި ދުވާލަކު 07 (ހަތެއް) ގަޑިއިރުއެވެ. - މި މަޤާމުގެ މުވައްޒަފުންނަށް ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހަށް 30 ސަލާމް އަދި 12 މަސްދުވަހަށް 10 އާއިލީ ޒިންމާގެ ޗުއްޓީއެވެ. - ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ. |
15 ޞަފަރު 1444