ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް އުފުލައިދޭނެ ފަރާތެއް ހޯދުމާބެހޭ

ގއ.ރީޖަންގައި ކަރަންޓް ޚިދުމަތް ދެމުންގެންދާ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް 01 (އެކެއް) އަހަރު މުއްދަތަށް އުފުލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު FNK-K(T)/FNK/IUL/2014/009ފ(30 ޖަނަވަރީ 2014) އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ގއ. ވިލިނގިލީ ބްރާންޗް (ގއ. އަތޮޅު ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ގއ. ވިލިނގިލީ ބްރާންޗް (ގއ. އަތޮޅު ރީޖަނަލް އޮފީސް) އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގައިހުންނަ ހެޑްއޮފީހާއި، އޭދަފުށި ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

 03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ