އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ

ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ ސާކިއުލަރ

2022


15 ޞަފަރު 1444                                               ނަންބަރު: 203-WST/CIR/2022/9

11 ސެޕްޓެމްބަރ 2022


ދުނިޔެ ސާފުކުރުމުގެ ދުވަހާގުޅޭ

 

ދުނިޔެ ސާފުކުރުމުގެ ދުވަހަކީ ބައިނަލްޢަޤްވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމަކުން ބައިވެރިވެ އެއްދުވަހެއްގައި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. އެގޮތުން، ގޮނޑުދޮށާއި މޫދާއި މަގުތަކާއި މިނޫންވެސް ތަންތަނުގައި ހުރި ކުނިތައް ނަގައި ސާފުކޮށް އެފަދަ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ މަސައްކަތްތައް ރާވައިގެން މި ދުވަހުގައި ކުރެއެވެ.

17 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހަކީ މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހެވެ. އެހެންކަމުން، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި މިނޫންވެސް އެހެނިހެން ފަރާތްތަކުން މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހަށް ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް މި އެޖެންސީއިން އެދެމެވެ. މިގޮތުން، އެފަދަ ޕްރޮގްރާމްތައް ރާވާފަރާތްތަކުން ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ވެބްސައިޓް (www.worldcleanupday.org) ގައި ރަޖިސްޓަރކޮށް ވެބްސައިޓުގައި އެ ޕްރޮގްރާމް ހިމެނުމަށް ދަންނަވަމެވެ. އަދި، މިގޮތަށް ވެބްސައިޓުގައި ހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ވޮލަންޓިއަރުންނަށްވެސް އެ ވެބްސައިޓުގައި ރަޖިސްޓަރކޮށް ބޭނުންވާ ސާފުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވޭނެކަން ފާހަގަކުރަމެވެ.

ވީމާ، 17 ސެޕްޓެމްބަރ 2022 އަށް ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި، މިނޫންވެސް އެހެނިހެން ފަރާތްތަކުން ސާފުކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށްފަހު އެ ވެބްސައިޓްގައި ހިމަނާ ދުނިޔެ ސާފުކުރުމުގެ ދުވަހުގައި ދުނިޔެ ސާފުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މި އެޖެންސީއިން އެދި ދަންނަވަމެވެ. އަދި، މިފަދައިން ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގާއިރު ގަވާއިދު ނަންބަރު: 58-R/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާގޮތަށް ސާފުކުރެވޭ ކުނި މެނޭޖުކުރުމަށްވެސް ދަންނަވަމެވެ.

 

 

                                                            

11 ސެޕްޓެންބަރު 2022
ހޯދާ