ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ޕލކ ގެ ޙިއްޞާދާރުންނަށް 2012 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ.
މި ކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ކުންފުނީގެ 2012 ވަނަ އަހަރުގެފައިދާގެ ތެރެއިން ޙިއްޞާދާރުންނަށް ޙިއްޞާއަކަށް -/75ރ. (ހަތްދިހަފަސްރުފިޔާ) ބެހުމަށް ފާސްކުރެވިފައިވާތީ، 1 ޖޫން 2013 ވަނަ ދުވަހުން ފެށިގެން މި ފައިސާ ދޫކުރަންފެށޭނެ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޙިއްޞާގެ ފައިދާ ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހުންނެވެ.
ޙިއްޞާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑުގެކޮޕީ ނުވަތަ ޙިއްޞާގެ ސެޓުފިކެޓު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަމަށް އެދި އެ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ޙިއްޞާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދައިން ހުށަހަޅުއްވާއިރު، ޙިއްޞާދާރުގެ އައިޑީ ކާޑު ނުވަތަ ޙިއްޞާގެ ސެޓުފިކެޓުގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.
ޙިއްޞާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރެޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 1 ޖޫން 2013 އިން ފެށިގެން މަސްދުވަހުގެ ތެރޭގައި ފައިދާ ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.
ބޭންކް އެކައުންޓަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކުންފުނީގެ " ބޭންކަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމު " ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމު ކުންފުނީގެ ވެބްސައިޓް އަދި މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމުތަކަށް ފޯމު ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ޙިއްޞާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.
ހަމަ މިއާއެކު، މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ޙިއްޞާގެ ފައިދާ ނަންގަވާ ފައިނުވާ ފަރާތްތަކުން އެ ފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް ހަދުމަކޮށް އަރުވަމެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
16 ރަޖަބު 1434