ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ތިންވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތް 2022 ފަށާ ތާރީޙް އަދި ބައިވެރިވާ ތާރީޙްގެ މުއްދަތު އިތުރު ކުރުން.

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                              ނަންބަރު:007FAM/IUL/2022/

އިއުލާން

މިއެސޯސިއެޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 3 ވަނަ ޑިވިރަން މުބާރާތަށް ތައްޔާރުވުމަށް އިތުރުވަގުތު ބޭނުންވާކަމަށް އެދި ބައެއް ޓީމްތަކުން އެދެމުންދާތީއާއި އަދި ބައެއް ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކޮށްދިނުމަށްވެސް އެދިފައިވާތީވެ، 01 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށުމަށް ތާވާލް ކުރެވިފައިވާ "3 ވަނަ ޑިވިޜަން 2022" މިހާރު 12 ނޮވެމްބަރ 2022 ވަނަ ދުވަހު ފެށުމަށް ނިންމައި އެކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

ވިމާ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އަދި ކްލަބް ލައިސަންސިންގް ޕޮލިސީގެ ދަށުން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތަށް ފުރިހަމަ ކުރެއްވުމަށްފަހު 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ކުރިން ހިއްސާކޮށް ދިނުމަށް އެދި ދަންނަވަމެވެ.

މުބަރާތާއި ގުޅިގެން ހުށައަޅަންޖެހޭ އެންމެހާއި ލިޔެކިއުންތައް [email protected]  އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނާއި ހިއްސާކޮށް ދެއްވުމަށްވެސް ދެންނެވީމެވެ.

              11 ސެޕްޓެމްބަރ 2022      

11 ސެޕްޓެންބަރު 2022
ހޯދާ