އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ޢާންމު ހޭލުންތެރިކަމުގެ ޕްރޮގްރާމްގައި ބޭނުންކުރުމަށް ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ލިޔުން ތައްޔާރުކޮށް ޝާއިޢުކޮށްދޭނެ އޮންލައިން ނޫހެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޮމިޝަންގެ ފަރާތުން ހިންގާ ޢާންމު ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބޭނުންކުރުމަށް ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ލިޔުން ތައްޔާރުކޮށް ޝާއިޢުކޮށްދޭނެ އޮންލައިން ނޫހެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު އިޢުލާން A/IUL/2014/85-ފ123 (13 އޮކްޓޫބަރު 2014) އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ ވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ