ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްއަށް 6 އެއަރކަންޑިޝަން (މި ސަރވިސްއަށާއި މި ސަރވިސްގެ ދަށުން ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކާޑެއްދޫ މެޓްއޮފީހަށާއި ލ. ކައްދޫ ރީޖަނަލް ވެދަރ ސަރވިސްގައި ހުންނަ ކައްދޫ މެޓްއޮފީހަށް އަދި ސ.ގަން ރީޖަނަލް ވެދަރ ސަރވިސްއަށް) ސަޕްލައިކޮށްދީ އަދި އެއޮފީހަކުން ދައްކާ ތަނެއްގައި އެއަރކަންޑިޝަންތައް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ތިންވަނަ ނަންބަރު MMS-A/2014/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 02 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މި ސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 9 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ "ނެޝަނަލް ކޮންޓްރެކްޓަރ ރަޖިސްޓަރީ" ގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
03 މުޙައްރަމް 1436