ދިވެހިރާއްޖެ
ނަންބަރު: (IUL)405-A/2022/50
އިޢުލާން
މަސްޖިދުލް ނަހުޡާގެ ބައެއް މަސައްކަތްތައް ކުރުމާއި ގުޅޭ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ލ. ކުނަހަންދޫ މަސްޖިދުލް ނަހްޡާ ( ކުޑަމިސްކިތް)ގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް
ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ
ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 19/2014) ގެ
ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. |
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2022ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން އެކަމުގެ މާއުލޫމާތު ބީލަމުގައި ރަޖިސްޓްރީވެފައިވާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. |
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 19 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. |
12 ޞަފަރު 1444
08 ސެޕްޓެމްބަރ 2022