ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސްޕީޗް ތެރަޕީ ރޫމަށް ގެންނަންޖެހޭ ބަދަލުތަށްގެނައުމުގެ މަސައްކަތާއި ގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސްޕީޗް ތެރަޕީ ރޫމަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު (IUL)KRH-PLD/2022/61(28 އޮގަސްޓު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 08 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 18 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރައްވާފަރާތްތަކަށް މަޢުލޫމާތު ކަރުދާސް މެއިލް ކޮށްދެވޭނެއެވެ.

 

  • އަންދާސީ ހިސާބު ހުށަހެޅުން(ހޮސްޕިޓަލް މީޓިންގ ރޫމް)

21 ސެޕްޓެންބަރު  2022ވާ ބުދަ ދުވަހުގެ 13:00 ގައި

 

މި އިޢުލާނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 19 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

08 ސެޕްޓެންބަރު 2022
ހޯދާ