ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިލެކްޓްރީޝަން

އިލެކްޓްރީޝަން
ހުޅުމާލެ އޮޕަރޭޝަންސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
ގްރޭޑް 10 ނުވަތަ އިލެކްޓްރިކަލް ދާއިރާއިން ސަނަދެއް އޮތުމާއެކު މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ކަރަންޓް ވައިރުކުރުމުގެ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
• އިންފްރާސްޓްރަކްޗަރ މެއިންޓެނެންސް ސެކްޝްންއިން ހިންގާ މަރާމާތުގެ މަސައްކަތްތަކުގައި އެކުލެވޭ ކަރަންޓުގެ މަސައްކަތްތައް ކުރުން.
• ހުޅުމާލޭގެ ޕަބްލިކް ސަރަހައްދުތަކުގެ ކަރަންޓާއި ގުޅުންހުރި މައްސަލަތައް ދެނެގަނެ، އެމައްސަލަތައް ހައްލުކުރުން. މީގެތެރޭގައި ކޮމާޝިއަލް އިމާރާތްތައް، ޕާރކްތައް އަދި ކޯޕަރޭޝަންގެ އިމާރާތް ހިމެނޭ.
• މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓަނަންސް ޓީމް އަދި ސުޕަވައިޒަރއަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
• ކަރަންޓްވައިރުކުރުމުގެ އިތުރުން ޕްލަންބިންގ ފަދަ މެއިންޓެނަންސް އާއި ގުޅުންހުރި އިތުރު މަސައްކަތްތައް ދަންނަ ފަރާތްތަކަށް މިމަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ.
• ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
• ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
• މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
• މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
• 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

08 ސެޕްޓެންބަރު 2022
ހޯދާ