ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
(IUL)147-AIT/1/2022/13 :ނަންބަރު |
||||||||||||||
ތާރީޚް: 08 ސެޕްޓެންބަރު 2022 |
|||||||||||||||
މަޤާމް: |
ލީގަލް އޮފިސަރ (JS12-2) |
ބޭނުންވާ ޢަދަދު: |
01 |
||||||||||||
މުސާރަ: |
-/9,412 ރުފިޔާ |
ސާރވިސް އެލަވަންސް: |
މަހަކު -/3000 ރުފިޔާ |
||||||||||||
މަސައްކަތްކުރަންޖެހޭތަން: |
ޖުވެނައިލް ކޯޓު / މާލެ |
ސެކްޝަން: |
ރަޖިސްޓްރާރ ސެކްޝަން (D) |
||||||||||||
މަޤާމުގެ އަސާސީ ޝަރުތު: |
ޝަރީޢަތާ ޤާނޫނު ނުވަތަ ޤާނޫނު ނުވަތަ ޝަރީޢާގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
||||||||||||||
އެހެނިހެން ޝަރުތު: |
|
||||||||||||||
މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު: |
-18 އަހަރުންދަށުގެ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ކޯޓުން ނިންމާ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުން. - ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުދިންގެ މުއްދަތުގެ ރެކޯޑްތައް ބެލެހެއްޓުން. - ކޯޓުން ނިންމާ ހުރިހާ މައްސަލައެއްގެ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. - ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ހިންގޭ ޕްރޮގްރާމުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން. - ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކޮމެންޓް ކުރުމަށް ކޯޓަށް ފޮނުވާ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް، ދިވެހިބަހުންނާއި އިނގިރޭސިބަހުން ކޮމެންޓް ކުރުން. - ކޯޓުން ކުރާ މަސައްކަތްތަކާއި ގުޅިގެން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި މުއައްސަސާތަކަށާއި އޯގަނައިޒޭޝަންތަކަށް ހުށަހަޅަންޖެހޭ ކޮންސެޕްޓް ޕޭޕަރތައް އިނގިރޭސިބަހާއި ދިވެހި ބަހުން ތައްޔާރުކުރުން. - މަސައްކަތާއި ގުޅުންހުރި، ރާއްޖެއާއި ރާއްޖޭންބޭރުގެ އެކިއެކި އޯގަނައިޒޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ބައްދަލުވުންތަކުގައި ބައިވެރިވެ ކޯޓު ތަމްސީލު ކުރުމާއި އެބައްދަލުވުން ތަކުން ނިންމާ ނިންމުންތައް، އިސްވެރިންގެ ލަފަޔާއެކު ތަންފީޒު ކުރުން. - ކޯޓުގެ މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން އިންތިޒާމުކުރާ އެކިއެކި ތަމްރީނު ޕްރޮގްރާމްތަކާއި ވޯރކްޝޮޕް އަދި ސެމިނަރތަކުގައި، ކޯޓު ތަމްސީލު ކުރާ ފެސިލިޓޭޓަރެއްގެ ގޮތުން ބައިވެރިވުން. |
||||||||||||||
މަޤާމާގުޅޭ ތަޢުލީމީ ދާއިރާތައް |
ޝަރީޢާ / ޤާނޫނު |
||||||||||||||
ގުޅޭ މަސައްކަތުގެ ދާއިރާތައް |
ޤާނޫނީ ދާއިރާ / ޝަރުޢީ ދާއިރާ |
||||||||||||||
އުޖޫރައާއި ޢިނާޔަތްތައް: |
މި މަޤާމަށް ހޮވޭފަރާތްތަކަށް މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން:
|
||||||||||||||
ހުށަހަޅަންޖެހޭ ތަކެތި: |
|
||||||||||||||
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. - އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ. އަދި ހުށަހަޅާ ލިޔެކިޔުންތަކުގެ ފައިލް ސައިޒް 05 އެމް.ބީ އަށްވުރެ ބޮޑުނަމަ އޮންލައިން ޑްރައިވްއެއްގައި ޝެއަރ ކޮށްދެއްވުން އެދެމެވެ. އެގޮތަށް ފޮނުވޭ ލިންކުތައް ހުންނަންވާނީ ކޯޓަށް ހުޅުވޭ ގޮތަށް އެކްސެސް ދެވިފައެވެ. - އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ސަބްޖެކްޓުގެ ގޮތުގައި "Job Application for Legal Officer" މިހެން ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. - މި ފޯމު ފުރިހަމަ ކުރަންވާނީ ދިވެހި ބަހުން، ނޫ/ކަޅު ކުލައިގެ ދެލިންނެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާ އަދި ވެބްސައިޓުން www.juvenilecourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ. |
||||||||||||||
ސުންގަޑި: |
18 ސެޕްޓެމްބަރު 2022 ދުވަހުގެ 12:00 |
||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
|
||||||||||||||
މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ އެހެނިހެން ކަންތައްތައް |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން. - އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ އަދި މިނޫންވެސް، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން. - ކޯޓުގެ މަސައްކަތްތަކާއި ގުޅުންހުރި ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. - ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާއެއްގޮތަށް ލިޔުންތައް ޑްރާފްޓް ކުރުމުގެ ޤާބިލުކަން ހުރުން. - މަޤާމުގެ މަސައްކަތާއި ގުޅިގެން ދަތުރުފަތުރު ކުރަން ޖެހިއްޖެނަމަ ދަތުރުކުރެވޭނެފަދަ ޞިއްހަތެއް ހުރުން. |