އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
10000 ލީޓަރުގެ 2 ކަޅުހަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިހޮސްޕިޓަލުގެ ނަންބަރު:URH/IUL/2014/33ފ(29 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ކުރިމަތިލައްވާފައިވާނީ 2 ފަރާތުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު، އަލުން 10000 ލީޓަރުގެ 2 ކަޅުހަން ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 7 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 މުޙައްރަމް 1436 

27 އޮކްޓޫބަރު 2014
ހޯދާ