ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 53

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

31 އޮގަސްޓް 2022

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

ނިންމުންތައް

  1. ޕާކުގެ މަސައްކަތައް ހޭދަވާނީ ކިހާފައިސާއެއްކަން މިހިނދަށް ދެނެގަނެވިފައިނެތުމުން އެމަސައްކަތައް ދަތިވެދނޭކަމަށް ފެންނާތީ ޕްރީސްކޫލްގެ ކުލާސްރޫމް ހެދުމުގެ މަސައްކަތައް އަތޮޅު ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާއިން ހަރަދުކުރުމަށް ނުފެންނަކަމަށް ނިންމުނު.
  2. ކުޑަކުދިންގެ ޕާކުހެދުމަށް ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަހުގެ ބަދަލުގެ ކަންތައް ވީއެންމެ އަވަހަކަށް ނިންމުމާއި ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާގައި ފެނަކަ ކޯޕަރޭޝަން ވަންދޫ ބްރާންޗާއިއެކު ބައްދަލުވުމެއް ބާއްވައި ޕާކުގެ މަސައްކަތް ކުރިޔައްގެންދާނޭ ގޮތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމުނު.
  3. އެއްވެސް ކައުންސިލަރެއްގެ ހުށަހެޅުމުން ނެތުމުން [ސިނާއީ ސަރަހައްދުން ދޫކުރެވިފައިވާ ބިންތަކުގެ މިހިނދަށް އެގްރީމެންޓް ހެދައިވާ ބިންތަކާއި އަދި މުއްދަތުހަމަވެ އެއްބަސްވުން އެކުލަވާލެވިފައިނުވާ ބިންތަކުގެ މުއްދަތާއިމެދުގައި ގޮތެއް ނިންމުން] ކުރިޔައްއޮތް ބައްދަލުވުމަށް ފަސްކުރުމަށް ނިންމުނު.
  4. 8 ޖޫން 2022 ވަނަ ދުވަހު އިދާރީ ބައްދަލުވުމުގައި ނިންމާފައިވާގޮތައް ބިންތަކުގެ ފައިސާ ދެއްކުމަށް ލިޔުމުން އެފަރާތްތަކަށް އެންގުމަށް އަދި ނިންމުމާއިގޮތައް ކުލިދައްކަމުންނުދާނަމަ އެބޭފުޅެއްގެ އަތުން ބިންވަކިކުރުމަށް ނިންމުނު.
31 އޮގަސްޓް 2022
ހޯދާ