ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުން

          ނަންބަރ: JS-A/2022/85

ކެންޓީން ހިންގައި ދޭނެ ފަރާތެއް ހޯދުން.

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނަށް މިސްކޫލްގެ " ކެންޓީން " ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ ނަންބަރ JS-A/2022/71 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް ހާޟިރުވީ ހަމައެކަނި 01 ފަރާތުން ކަމަށްވެފައި އެފަރާތުން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، މަތީގައި ދެންނެވުނު ޢިއުލާން ބާތިލް ކޮށްފީމެވެ.

ވީމާ ސްކޫލުން ދެވޭ މައުލޫމާތާއި އެއްގޮތަށް  މިސްކޫލުގެ " ކެންޓީން " ހިންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 ށް މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރ 2022

 

08 ސެޕްޓެންބަރު 2022
ހޯދާ