ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނަންބަރު (IUL)30-J/30/2014/40 (2 ސެޕްޓެންބަރު 2014) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފުތަރެއް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުވެރިކަން ކުރާ ދަނޑުބިންތައް މި މިނިސްޓްރީގައި ލިސްޓުކުރުމަށް ހުޅުވާލި މުއްދަތު 20 އޮކްޓޫބަރު 2014 ގެ 13:00 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެހެންނަމަވެސް ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވާއިރު ގިނަ އަދަދެއްގެ ދަނޑުވެރިން ދަނޑުބިން ނަގާ ލިސްޓު ކުރުމުގައި އެދެމުންދާތީ އަލުން ފުރުސަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.
ދަނޑުބިން ނަގާ ލިސްޓު ކުރުމުގައި ގެންގުޅޭނެ އުޞޫލު އަދި ފޯމު (D1,D5) ރަށު/ސިޓީ ކައުންސިލް ތަކުން އަދި މި މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް 3322625 ނުވަތަ 3339248 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
29 ޛުލްޙިއްޖާ 1435