ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2014/6 (ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން، 1 ނޮވެންބަރު 2014 ގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް (ބާރަ އިންސައްތަ) އަށް އިތުރުވެއެވެ.
1 ނޮވެންބަރު 2014 ގެ ކުރިން ރާއްޖެ އައުމަށްފަހު 1 ނޮވެންބަރު 2014 ގައި ނުވަތަ އޭގެ ފަހުން ރާއްޖެއިން ފުރާ ޓޫރިސްޓުންނަށް ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން "ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު" ކަނޑައެޅުމުގައި އެ ފަދަ ތަންތަނުން ސަމާލުވުމަށް ދަންނަވަމެވެ. އެ ފަދަ ހާލަތުތަކުގައި ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ބަލާނެގޮތް ޓެކްސް ރޫލިންގ TR-2014/G21 ގައި ތަފުސީލުކޮށްދީފައި ވާނެއެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ 3 މަހުން 1 މަހު ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ ފަރާތްތަކުން، 2014 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރަށް 3 ޖީ.އެސް.ޓީ ބަޔާން އަންނަނިވި ބީދައިން ހުށަހަޅަން ޖެހޭނެއެވެ.
- އޮކްޓޫބަރު 2014 އަށް MIRA 206 ވަރޝަން 12.2 (ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި: 28 ޖަނަވަރީ 2015)
- ނޮވެންބަރު 2014 އަށް MIRA 206 ވަރޝަން 14.1 (ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި: 28 ޖަނަވަރީ 2015)
- ޑިސެންބަރު 2014 އަށް MIRA 206 ވަރޝަން 14.1 (ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި: 28 ޖަނަވަރީ 2015)
ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހަކު ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ ފަރާތްތަކުން، 1 ނޮވެންބަރު 2014 ގައި ނުވަތަ އޭގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅަންޖެހޭނީ MIRA206ގެ ވަރޝަން 14.1 އެވެ.
މީގެ އިތުރުން، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން MIRA 206 ގެ ވަރޝަން 14.1 އާއެކު "ސްޓޭޓްމަންޓް އޮފް އިންޕުޓް ޓެކްސް" ގެ ވަރޝަން 14.1 ހުށަހަޅަން ޖެހޭނެއެވެ.
MIRA 206 ގެ ވަރޝަން 14.1 އާއި އެ ފޯމު ފުރިހަމަކުރާނެގޮތުގެ އިރުޝާދު މީރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޓެކްސް ރޫލިންގ ނަންބަރު TR-2014/G21 އަށް ރިއާޔަތްކުރެއްވުން އެދެމެވެ. މި ކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމޭލްކުރެއްވުން އެދެމެވެ.