މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރކެޓް 01 ނަންބަރ ގޮޅި ކުއްޔަށް ދޫކުރުމާއިގުޅޭ

މިއިދާރާގެ ނަންބަރު: (IUL)302-E/302/2022/29 އިޢުލާން ބާޠިލްކޮށް، ލޯކަލް މާރކެޓް 01 ނަންބަރ ގޮޅި (ލޯކަލް މާރކެޓްގެ އެންމެ އިރުމަތީގޮޅި) ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާން ކުރަމެވެ. މިކަމަށްޝަޢުޤުވެރިވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 13 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމާއި މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ. އަދި ފޯމު ހުށަހަޅުއްވާނީ 2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންނަށެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2022 ސެޕްޓެމްބަރ 13 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ފޯމު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ސެޕްޓެންބަރު 2022
ހޯދާ