މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްޖިދުލް ނަސްރު" ފެންޑާގެ މުށި ބަދަލުކޮށް އަދި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

 (IUL)272-ESMS/272/2022/53: ނަންބަރު

އިޢުލާން

 

"މަސްޖިދުލް ނަސްރު" ފެންޑާގެ މުށި ބަދަލުކޮށް އަދި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

މި ކައުންސިލްގެ ނަންބަރު (IUL)272-ESMS/272/2022/51 (29 އޮގަސްޓް 2022) އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި "މަސްޖިދުލް ނަސްރު" ފެންޑާގެ މުއްޓާ، ދިޔަދޮވި އަދި ވޯކްވޭގެ ގާތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޞަފަރު 1444

07 ސެޕްޓެންބަރު 2022

07 ސެޕްޓެންބަރު 2022
ހޯދާ