ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/105(IUL)
އިޢުލާން
ފާލަން ފަރުމާކުރުން
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ފާލަން ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް، މަޢުލޫމާތު ޝީޓްގައި ހުށަހެޅުމަށް ބުނެފައިވާ ހުރިހާ ލިޔެކިޔުންތަކެއް މެއިލް ކުރެއްވުން އެދެމެވެ.