ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމުމާބެހޭ
މިރަށު އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/17 (17 އޭޕްރީލް 2022)ގެ އިއުލާނާގުޅިގެން ބިޑު ޑޮކިއުމަންޓް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން ބިޑު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި، އަދި ހުށަހަޅުއްވާފައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 9:30 އިންފެށިގެން 15 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 25 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 15 ސެޕްޓެމްބަރ 2022 ވަނަދުވަހު 12:45 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
11 ޞަފަރު 1443
07 ސެޕްޓެމްބަރ 2022