ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/63 :ނަންބަރ
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯޝަނަލް ބޭނުންތަކަށް އައްޑޫ އަދި ފުވައްމުލަކުގެ ވީޑިއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 07 ޖުލައި 2022 ގައި ކުރެވުނު އިޢުލާނަށް (ނަންބަރ: MMPRC-PRO/1/2022/55(IUL)) ޝަރުތު ހަމަވެފައިވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެމްބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނޭރިއާ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުން އެދެމެވެ. އަދި 20 ސެޕްޓެމްބަރު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނޭރިއާ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
10 ޞަފަރް 1444
06 ސެޕްޓެމްބަރު 2022