މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުން ކުރަމުންދާ ބައެއް ވެހިކަލް ތަކަށް ބޭނުންވާ ޓަޔަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި މިނިސްޓްރީގައި ބޭނުން ކުރަމުންދާ ބައެއް ވެހިކަލް ތަކަށް ބޭނުންވާ ޓަޔަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

މިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

06 ސެޕްޓެންބަރު 2022
ހޯދާ