މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅީފަޅު (ފޭސް 2) ވެއާރހައުސް ބިލްޑިންގގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ގުޅީފަޅު (ފޭސް 2) ވެއާރހައުސް ބިލްޑިންގގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން (GC01/GC02) ގްރޭޑް 07 ގެ ގިންތި އަށް ޝަރުތުހަމަވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ06 ސެޕްޓެމްބަރ 2022 އިން 11 ސެޕްޓެމްބަރ 2022 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 12 ސެޕްޓެމްބަރ 2022 ގެ ރަސްމީގަޑީގައި ފެންބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.މީގެ އިތުރުން މިބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމައް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މި އިއުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

                          

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރ 2022 ވާ ދުވަހު 10:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 18 ސެޕްޓެމްބަރ 2022 ވާ ދުވަހު 10:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

06 ސެޕްޓެންބަރު 2022
ހޯދާ