ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ގެތަކުގައި ނަންބޯޑު ހަރުކުރުމާއި ގުޅޭ!

28 އޭޕްރީލް 2022 ވަނަ ދުވަހު މި ކައުންސިލުން ކޮށްފައިވާ ނަމްބަރ (IUL)395-02/395/2022/49 އިޢުލާނާއި ގުޅިގެން ދަންނަވަމެވެ. މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރ 2022 އިން 25 ސެޕްޓެމްބަރ 2022 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަސައްކަތް ފެށުމުގެ ގޮތުން ރަށުގެ ހުރިހާ ގެތަކުގައި ނަންބޯޑު ހަރުކުރުމަށް މި ކައުންސިލުން އަންގާފައިވީނަމަވެސް ބައެއް ގޭގޭގައި ނަންބޯޑު ހަރުކޮށްފައި ނުވާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

           ވީމާ، މިހާތަނަށް ނަންބޯޑު ހަރުކޮށްފައިނުވާ ގެތަކުން އެ ގެއަކަށް ދެވިފައިވާ ތަރުތީބު ނަމްބަރާއިއެކު، ގޭގެ ނަން ބޭރަށް ފެންނާނެހެން 12 ސެޕްޓެމްބަރ 2022 ގެ ކުރިން ނަންބޯޑު ހަރުކުރުމަށް އިލްތިމާސް ކުރަމެވެ.   

06 ސެޕްޓެންބަރު 2022
ހޯދާ