ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ކޮޅުމަޑުލު ކިނބިދޫ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައްކޮށް ނިއްމައިދޭނެ ފަރާތެއް ހޯދުމަށްބޭނުންވާތީ އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢްލޫމާތުތައް މިއިޢްލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުން

ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 12 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރީން .

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން: ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް އިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކުރުން

މަޢްލޫމާތު ސާފުކޮށް ދިނުން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

އީމެއިލް އެޑްރެސް:[email protected]

ފޯނު ނަމްބަރ: 6780031

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ތާރީޚް: 15 ސެޕްޓެމްބަރ 2022  ބުރާސްފަތި  ދުވަހުގެ 11.00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

           

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

06 ސެޕްޓެންބަރު 2022
ހޯދާ