މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހި 2 މީހުންގެ (ޓޫ ޕީސް) ބޭންޑެއް ހޯދަން

 އަންދާސީހިސާބު ބޭނުންވެއްޖެ

ޗައިނާގެ ޝަންގހާއީގައި 2014 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސީ.އައި.ޓީ.އެމް ފެއަރގައި ރާއްޖެ ތަމްސީލު ކުރުމަށް ދިވެހި އަމިއްލަ ރާގުގެ ލަވަ، ލައިވްކޮށް ރާއްޖޭގެ ސްޓޭންޑްގައި ކުޅެދޭނެ ދިވެހި 2 މީހުންގެ (ޓޫ ޕީސް) ބޭންޑެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-MKS/1/2014/47) އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފާރާތްތަކުން މިކޯޕަރޭޝަންގެ އޮފީހަށް ގުޅުއްވައި (3323228) މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ކަމުގެ ހުނަރާއި ތަޖުރިބާ ބަޔާންކޮށް ޕްރޮފައިލަކާއެކު މިކަމަށް ތައްޔާރުވުމަށް ޚަރަދެއް ހިނގާނަމަ އެ ޚަރަދެއްގެ ތަފުސީލު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުމާއި އަދި ދެކޮޅު ޓިކެޓް މި ކޯޕަރޭޝަނުން ހަމަޖައްސައިދޭނެއެވެ.

28 ޛުލްޙިއްޖާ 1435

22 އޮކްޓޫބަރު 2014
ހޯދާ