ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

(IUL)146-A1/1/2022/44:ނަންބަރު

އިޢުލާން

މަޤާމު:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

 ޖީ.އެސް 3

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

 ފެމިލީކޯޓު / ރެޖިސްޓްރޭޝަން އެންޑް ކޭސް މެނޭޖްމަންޓް (ރިސެޕްޝަން)

މަޤާމުގެ އަސާސީ މުސާރަ:

 4465.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ،

 - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ،

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)،

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ އަސާސީ ޝަރުތު:

 

 - ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު:

 - އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ކަސްޓަމަރ ކެއަރ

 ގުޅޭ ވަޒީފާގެ ދާއިރާތައް:

 - ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޝަރީޢާ / ޤާނޫނު

 އެހެނިހެން ޝަރުތު:

 - ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން.

 - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަމްބަރގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 - ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި، ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަޢުވާ ފޯމްތައް އެންޓްރީކުރުން.

 - ފައިސާ ދައްކަންޖެހޭ ފޯމްތަކަށާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ފައިސާ ބަލައިގަތުން.

 - އެންޓްރީ ކުރެވޭ ފޯމްތައް ސްކޭންކުރުމަށްފަހު ކޭސް މެނޭޖްމަންޓް ސިސްޓަމްގައި އެޓޭޗްކުރުމާއި، އެންޓްރީ ކުރެވޭ ފޯމްތައް ހަމަޖެހިފައިވާ ގޮތުގެމަތިން ސެކްޝަންތަކާ ޙަވާލުކުރުމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން.

 - ކޯޓުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތާއި ގުޅޭ ޢާއްމު މަޢުލޫމާތު ދިނުމާއި ޚިދުމަތަށް މަގުދައްކައިދިނުން.

 - ކޯޓަށް ހުށަހެޅޭ ފޯމްތަކާއި ލިޔެކިޔުންތައް ކަމާނުގުޅޭ ފަރާތްތަކަށް ނުފެންނާނެހެން ސިއްރުކަމާއިއެކު ބެލެހެއްޓުން.

 - މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

 - ލިބިފައިވާ ތަޢުލީމު – %30 (ތިރީސް ޕަސެންޓް)

 - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - (ދިހަ ޕަސެންޓް)

 - މަސައްކަތައް ބޭނުންވާ ހުނަރު - (ދިހަ ޕަސެންޓް)

 - ލިބިފައިވާ ހުނަރާއި ސިފަތައް (އިންޓަރވިއު) - %50 (ފަންސާސް ޕަސެންޓް)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

 މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދި އިންޓަރވިއު އޮންނަ ދުވަހާއި އިންޓަރވިއު އޮންނަ ގަޑި އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 - ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު (މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.

 - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

 - ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

 - މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން (ޓްރާންސްކްރިޕްޓާއެކު) ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

 - އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

 

 ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

 14 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

 - ގިނަވަގުތު މަސައްކަތުގައިހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

 - އިނިގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

 - މައިކްރޯސޮފްޓް އޮފީސް އަދި މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

 - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤަނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރި ފަރާތަކަށްވުން.

 - ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 - ނުރަސްމީގަޑިތަކުގައި ކޮންމެހެން މަސައްކަތް ކުރަންޖެހިއްޖެ ޙާލަތެއްގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

 - އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތް ކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ  މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޙްލާޤަށް ބެލޭނެއެވެ.

އިތުރު މަޢުލޫމާތު:

 - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ.

 - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3340502 / 3340504

 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 - މަޤާމަށް ޝަރުޠުހަމަނުވާ ފަރާތްތަކަށާއި އިންޓަރވިއުއާއި ޕްރެޒެންޓޭޝަންއަށް ޝޯޓު ލިސްޓުނުވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އެންގޭނެއެވެ. އަދި އިންޓަރވިއުއާއި ޕްރެޒެންޓޭޝަންއަށް ޙާޟިވާންޖެހޭ ފަރާތްތަކަށް، ޙާޟިރުވާންވީ ދުވަހާއި ގަޑި، އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.

 - މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

06 ސެޕްޓެންބަރު 2022
ހޯދާ