G2C-A/2022/3
|
ވަޒީފާގެ ފުރުޞަތު
|
06 ސެޕްޓެމްބަރ 2022
|
ރޭންކް: ޖީ.އެސް 3
|
ކޯޓު އޮފިސަރ
|
މަޤާމް
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
1 (އެކެއް)
|
އަދަދު
|
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް
|
މަޤާމު އޮތް ކޯޓު ނުވަތަ އިދާރާ
|
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް / ޅ.ނައިފަރު (ލީގަލް ސެކްޝަން)
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
|
އަސާސީ މުސާރަ
|
- ސަރވިސް އެލަވަންސް: -/1500ރ. (ފަނަރަސަތޭކަ ރުފިޔާ)
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ލިވިންގ އެލަވަންސް: -/2550ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)
|
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35
|
- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
އަސާސީ ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- މެޖިސްޓްރޭޓްގެ ލަފާގެމަތިން މައްސަލަ ޝެޑިއުލްކުރުމާ، އެކި ފަރާތްތަކުން އަންނަ މެސެޖްތަކާ ގުޅިގެން ނަގަންޖެހޭ ބަޔާންތައް ނެގުމަށް ޝެޑިއުލްކުރުން.
- ކޯޓަށް ޙާޟިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ޙާޟިރުވުމުގެ ޗިޓް) ތައްޔާރުކުރުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުވެފައިވޭތޯ ބެލުމާއި ކޯޓަށް ޙާޟިރުވުމުގެ އަމުރާ ޙަވާލުނުވާ މީހުންނާ ފިލައިގެން އުޅޭ މީހުންގެ ގޭގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ތަތްކުރުން.
- މުއްދަތު މަޖްލިސް ބެލެހެއްޓުމާ، ހައްޔަރު، ބަންދު އަދި ބަލާފާސްކުރުމުގެ އަމުރު ނެރުމުގެ އިދާރީ ކަންކަން ކުރުން.
- މަޙްޟަރު ބަޔާންތައް ފުރިހަމަކޮށް ސޮއިކުރުވުމާ، މައްސަލައިގައި ޙާޟިރުވަނީ މައްސަލައިގެ ޚަސްމުންކަން ޔަޤީންކުރުން
- ޝަރީއަތުގެ މަޖްލިސް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުން.
- ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލިސްގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުން
- ކޯޓަށް ޙާޟިރުވީ ފަރާތްތަކާ ނުވީ ފަރާތްތައް ފާހަގަކޮށް ކޯޓު އަމުރުފޮތް އަޕްޑޭޓްކުރުން
- މެޖިސްޓްރޭޓްގެ ލަފާގެމަތިން ކޯޓް ކަލަންޑަރު ތައްޔާރުކޮށް، ހިންގޭނެ ނުހިންގޭނެ މައްސަލަ ފާހަގަކޮށް ކޮންމެ ދުވަހަކު މެޖިސްޓްރޭޓާ ޙިއްސާކުރުން.
- ކޯޓަށް ޙާޟިރުކޮށްފައި ތިބޭ މީހުން ކޯޓުތެރޭގައި ނޭދެވޭ ޢަމަލެއް ހިންގާތޯ ބެލުމާއި، ކޯޓުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަޑުގަދަކޮށް ހަދާނަމަ އެކަން ހުއްޓުވުން
- ކޯޓުތެރޭގައި މުވައްޒަފުންގެ މެދުގައި ހިނގާ ދެބަސްވުންތައް ހުއްޓުވާ، ތަނުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް މުވައްޒަފުންގެ ޢަމަލުތައް ހުރެއްޖެނަމަ އެކަމެއް ހުޢްޓުވައި، މަޞްލަޙަތު ޤާއިމްކުރަން މަސައްކަތްކުރުން އަދި މިކަން އިދާރީ އެންމެ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން.
- ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖުރިމަނާކުރުމާއި ޖުރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
- މަޙްޟަރު ބަޔާންތަކުގެ މާސްޓަރ ފައިލް އަޕްޑޭޓްކޮށް ކޮމްޕައިލްކުރުން.
- ޝަރުޢީ ސެކްޝަނުގެ މުވައްޒަފެއް ޙާޟިރު ނުވެއްޖެ ހިނދެއްގައި، ކޯޓުން އާއްމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރަގޮތަށް އެމުވައްޒަފެއްގެ މަސައްކަތް ކުރުން
|
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
|
ޝަރީޢާ/ ޝަރީޢާ އެންޑް ލޯ/ ލޯ / އިންފޮމޭޝަން ޓެކްނޮލޮޖީ / މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / އެޗް.އާރު
|
ތަޢުލީމީ ރޮނގު
|
- ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސް
- މެނޭޖްމަންޓް
- ޝަރީޢާ / ޤާނޫނު
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އެޗް.އާރު
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް (މިފޯމް ނައިފަރު މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
- ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭގޮތަށް އެމުވައްސަސާއަކުން ދޫކޮށްފައިވާ އެމުވައްސަސާގެ ތައްގަނޑުޖެހި ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާ، އީމެއިލް އެޑްރެސްއާއެކު)
|
ހުށަހަޅަންޖެހޭ ތަކެތި
|
15 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ދުވަހެއް ފަހުން ހިއްސާކޮށްލާނެ ވާހަކަ ދެންނެވީމެވެ.
|
ސުންގަޑި
|
- ވަޒީފާއަށް ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަވިއު ކުރެވޭނެއެވެ އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލްވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ.
- ކޯޓް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: %30
- މަސައްކަތުގެ ތަޖުރިބާ: 10%
- މަސައްކަތަށް ބޭނުންވާ ހުނަރު: 10%
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): %50
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
- މިމަޤާމުގެ އިންޓަރވިއު ކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރު ހުރި މިންވަރެއް ބެލުމަށް ޢަމަލީ އިމްތިހާނެއް ދެވޭނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620366
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
އިތުރު މަޢުލޫމާތު
|
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ޤާނޫނާ ޤަވާއިދަށް އަހުލުވެރި ފަރާތަކަށްވުން
- ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން
- އިނގިރޭސިބަހާ ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތެއްކަމުގައިވުން
- ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައި ވުން.
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|