މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ތުލުސްދޫ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރާތްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭއްވޭ މުބާރާތް.

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް ކ.ތުލުސްދޫ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށްދޭނޭ ފަރާތެއް ހޯދުމަށް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތަށް ހުށައަޅާހުށައެޅުންތައް އިވަލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވަނީ އެކުލަވާލައިފައިވާ ޙާއްސަ ކޮމިޓިއަކުންނެވެ. ކޮމެޓީގައި ހިމެނޭނީ ރަށުގެ އާއްމު ފަރާތަކާއި ކަމާގުޅުންހުރި ދާއިރާގެ ތަޖުރިބާ ކާރުންނެވެ.

ވީމާ ކ.ތުލުސްދޫ ކައުންސިލްގެ ލޯގޯ އާއި ދިދަ ފަރުމާކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 15 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން މި އިޢުލާނާއިއެކުވާ ގޫގުލް ފޯރމް ( 

 ގޫގުލްފޯމް ލިންކް: 

https://docs.google.com/forms/d/104xonzuEbAJDIKV4Ex0T3oYF9W4jRL8DZ99ItdnVOWc/edit

މެދުވެރިކޮށް  ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހު 13:00ގެ ކުރިން މިއިދާރާ އީމެއިލް ([email protected])   އަށް އީމެއިލް ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 އޮކްޓޯބަރ 13 ވަނަ ދުވަހުގެ 13:00އަށް މި އިޢުލާނާއިއެކު ހީރަސްކުރެވިފައިވާ މަޢުލޫމާތު ކަރުދާސްގައިވާ މިންގަޑުތަށް ހަމަކުރުމަށްފަހު ލޯގޯ އާއި ދިދަ ހުށައެޅުމަށް ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ސެޕްޓެންބަރު 2022
ހޯދާ