މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވިލިގިނލީގައި ހާރބޭރިއަމަކާއެކު، ރާއްޖޭގައި ހެދޭ ގަސްގަހާއި ގެއްސާއި، ނެތެމުންދާ ގަސް އާލާކޮށް ގެންގުޅޭނެ މަރުކަޒެއް ޤާއިމުކުރުން

ވިލިނގިލީގައި ހާރބޭރިއަމަކާއެކު ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސާއި، ނެތެމުންދާގަސް އާލާކޮށް ގެންގުޅޭނޭ މަރުކަޒެއް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް 17 ސެޕްޓެންބަރު 2014 ގައި ކުރި IUL)30-J/30/2014/48) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ