ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދޮންފަނު ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
01 ސެޕްޓެމްބަރ 2022 އިން ފެށިގެން 31 އޮގަސްޓް 2023 ގެ ނިޔަލަށް މި ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ:
- މި ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަމްބަރ: GS138/IUL/2022/P12 ގައި ބައެއްކަހަލަ މައްސަލަތައް ފާހަގަ ކުރެވިފައިވާތީ އެ އިޢުލާނު ބާޠިލްކޮށް، މަތީގައި ދެންނެވިފައިވާ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 06 ސެޕްޓެމްބަރ 2022 ން 12 ސެޕްޓެމްބަރ 2022 ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލްގެ ނަންބަރު 6600010 / 6601002 ފޯނަށް ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 14 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ދޮންފަނު ސްކޫލްގައެވެ.
- އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.
- އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
- އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
- މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ސެޕްޓެމްބަރ 2022
06 ސެޕްޓެންބަރު 2022
ހޯދާ