މަޤާމުގެ ނަން:
|
އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
02
|
މަޤާމުގެ ޤިންތި:
|
ދާއިމީ
|
ރޭންކް:
|
އެސިސްޓެންޓް ސިވިލް އޮފިސަރ (ސީ 2)
|
ކްލެސިފިކޭޝަން:
|
ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް
|
މުސާރަ:
|
މަހަކު -/5,400 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/3,500 ރުފޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު -/2,430 ރުފޔާ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހެޑް އޮފީސް / ޕްރޮކިއުމަންޓް ސެކްޝަން
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ؛
- ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ؛
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރާ އިޢުލާންތަކާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން،
- ބިޑް ކޮމިޓީ ބޭއްވުމުގެ އިންތިޒާމު ހަމަޖައްސާ، ކޮމިޓީއަށް ބޭނުންވާ ލިޔެކިއުމާއި، ޕްރެޒެންޓޭޝަން ތައްޔާރުކޮށް ހުށަހަޅާ، ކޮމިޓީގެ ނިންމުންތަކުގެ ޔައުމިއްޔާލިޔެ ފާސްކުރުން. އަދި ޔައުމިއްޔާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން،
- ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރާ އިޢުލާންތަކާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން،
- ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކުރާ އިޢުލާންތަކާގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތަކުގެ ބިޑް އިވެލުއޭޝަން ރިޕޯޓް ލިޔެ ތައްޔާރުކުރުމާއި، ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓް ހެދުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ރިޕޯޓް ލިޔުމުން ހޯދުން،
- ބިޑް ކޮމިޓީން އެވޯޑްކޮށް ނިންމާ ނިންމުންތަކާއިގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ޝަކުވާއެއް އޮތްތޯ ބެލުމަށް އީ މެއިލްކޮށް ލިބޭ ޝަކުވާތައް ބިޑް ކޮމިޓީއާ ހިއްސާކޮށް ކޮމިޓީން ނިންމާގޮތަކަށް ޢަމަލުކުރުމާއި، މި މަރުހަލާ ނިމުމުން ބިޑް ކޮމިޓީން ބިޑް އެވޯޑްކުރި ފަރާތަށް އެކަން ލިޔުމުން އަންގާ އެއްބަސްވުން ހެދުމުގެ ކަންތައް ކުރިއަށް ގެންދިއުން،
- ޕްރޮކިއުމަންޓާ ގުޅުންހުރި އެއްބަސްވުންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ ތައްޔާރުކުރުމާއި މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ސޮއިކުރާ އެއްބަސްވުންތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން،
- ތަކެއްޗާއި ހިދުމަތް ހޯދުމަށް މި ސަރވިސްއިން ކުރަންޖެހޭ އިއުލާންތަކާއި، މަޢުލޫމާތު ޝީޓުތައް ލިޔެ ސަރުކާރުގެ ގެޒެޓްގައި އަދި މި ސަރވިސްގެ ވެބްސައިޓްގައި ޝާޢިއުކުރުން،
- ޝޮޕިންގ އުސޫލުން މި ސަރވިސްއަށް ހޯދާ ޚިދުމަތާއި ތަކެތި ހޯދުމަށް ކޯޓޭޝަން ހޯދާ ޕާޗޭސް އޯޑަރ ތައްޔާރުކޮށް މުދާ ހޯދާ ސްޓޮކާއި ހަވާލުކުރުން،
- ޝޮޕިންގ އުސޫލުން މި ސަރވިސްއަށް ހޯދާ ޚިދުމަތާއި ތަކެތި ހޯދުމަށް ކޯޓޭޝަން ހޯދުމަށާއި، މުދާ ނެގުމަށް އެ ތަންތަނަށް ދާންޖެހިއްޖެ ހާލަތެއްގައި ދިއުމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،
- އިއުލާން، ސިޓީ، ނޯޓް، ސްލިޕް، ފޯމު ފަދަ ލިޔުންތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔުމާއި، މި ލިޔުންތައް ރައްދުކުރަންޖެހޭ ތަންތަނަށް ގަވަރމެންޓް އީ-ލެޓަރ ސިސްޓަމް މެދުވެރިކޮށް ފޮނުވުން.
|
މަޤާމާއި ގުޅޭ ދާއިރާ:
|
- ޕްރޮކިއުމަންޓް
- ބަޖެޓް އެންޑް ފައިނޭންސް
- އެޑްމިނިސްޓްރޭޝަން / ފައިނޭންސް މެނޭޖްމަންޓް
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
- ޕްރޮކިއުމަންޓް / ކޮންޓްރެކްޓް މެނޭޖްމަންޓް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން،
- ބިޒްނަސް މެނޭޖްމަންޓް،
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
- ތައުލީމް ޝަރުތު (ފަންސާސް ޕަސެންޓް)
- ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)
- މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)
- މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ސާޅިސް ފަސް ޕަސެންޓް)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ސެޕްޓެމްބަރ 12 ވާ ހޯމަ ދުވަހު 15:00 ގެ ނިޔަލަށް
[email protected]ނުވަތަ [email protected]
އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ސެޕްޓެމްބަރ 15 އާއި 20 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|