ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

އަލަށް ދޫކޮށްފައިވާ ގޯތިތަކުގެ ކަރަންޓް ވިއުގަ އެޅުމަށްޓަކައި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. އެރުއްގަހުގައި ރީދޫ ކުލައިން ރަސްގެ 1 ން 45 އަށް މިއިދާރިއިން ނަމްބަރު ޖަހާފައި ހުންނާނެއެވެ. މިރުއް ގަސް ހުންނާނީ ކުރީގެ ވަތަނިއްޔާ އެންޓަނާ މަގު ( ކައްޕީނިމަގުގެ ގޮނޑުދޮށާއި ދިމާ ވާމަތީ ) ގައެވެ.

ވީމާ އެރުއްގަހުގެ ވެރިން، އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. 08 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 21/98 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ސެޕްޓެންބަރު 2022
ހޯދާ