ދިވެހިރާއްޖެ
މިސެންޓަރުންދޭ މަޢުލޫމާތާ އެއްގޮތަށް އޮލިމްޕަސް ކެފޭ އާއި ކެންޓީން ކުއްޔަށް ހިފައިގެން ހިންގާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ސެންޓަރުގެ ނަންބަރު: (IUL)177-A1/1/2022/33 (18.08.2022) އިޢުލާނާ ގުޅިގެން އޮލިމްޕަހުގެ ކެފޭ އާއި ކެންޓިނު ކުއްޔަށް ހިފުމަށް، އެސްޓިމޭޓް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އެސްޓިމޭޓް ތަކާއެކު ހުށަހަޅަންޖެހޭ ބައެއް ލިއުން ހުށަހަޅާފައި ނުވާތީ، އެ އެސްޓިމޭޓްތައް ބާޠިލުކޮށް އަލުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، އޮލިމްޕަސް ކެފޭ އާއި ކެންޓީން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، އެސްޓިމޭޓް ހުށަހެޅުން އެދި ދެންނެވީމެވެ. އަދި އެސްޓިމޭޓް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
08 ސެޕްޓެމްބަރ 2022 (ބުރާސްފަތި) |
11:00 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ބިލްޑިންގ) |
އެސްޓިމޭޓް ހުށައެޅުން |
14 ސެޕްޓެމްބަރ 2022 (ބުދަ) |
11:00 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ބިލްޑިންގ) |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3336767/3310898 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.