ދިވެހިރާއްޖެ
No: 134-PRO/I/2022/66
އިޢުލާން
ނީލަން 1: ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 50 މެޓްރިކްޓަންގެ ބާ ދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ކުޫއްޑޫ 7786229 އަދި 7791285 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ސީލްކުރެވިފައިވާ ސިޓީ އަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ސިޓީއަކުން ނޫންގޮތަކަށް ހުށައަޅާ އަގެއް ބަލައެއް ނުގަނެވޭނެވެ.
ދަގަނޑުތައް ނީލަންކިޔުން އޮންނާނީ، 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އަންގާ އެގްރިމެންޓް ސޮއިކުރާތާ 07 ދުވަހުގެ ތެރޭގައި ، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ.
ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެގްރިމެންޓް ބާތިލްކޮށް އަދި ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. އަދި ދެން އެންމެ ރަގަނޅު އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ހަވާލުކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެން ވެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.
ނީލަން 2: ކަޅުތެޔޮ ނީލަމުގައި ވިއްކާލުން
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 57 ފީފާގެ ކަޅުތެޔޮ ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ކުޫއްޑޫ 7786229 އަދި 7791285 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، އެންމެ މަތީއަގު ސީލްކުރެވިފައިވާ ސިޓީ އަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ސިޓީއަކުން ނުންގޮތަކަށް ހުށައަޅާ އަގެއް ބަލައެއް ނުގަނެވޭނެވެ.
ކަޅުތެޔޮ ނީލަންކިޔުން އޮންނާނީ، 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އަންގާ އެގްރިމެންޓް ސޮއިކުރާތާ 07 ދުވަހުގެ ތެރޭގައި ، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ.
ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެގްރިމެންޓް ބާތިލްކޮށް އަދި ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރާ ނުލިބޭނެއެވެ. އަދި ދެން އެންމެ ރަގަނޅު އަގެއް ހުށަހެޅި ފަރާތަކަށް ނީލަން ހަވާލުކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެން ވެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.
05 ސެޕްޓެމްބަރ 2022
ނީލަން ހުށަހަޅާ ތަން: މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ