ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާމަދަރުސާގެ މަތިވަޑާންގަޑު ނީލަން ކިޔުން

ބާމަދަރުސާގެ މަތިވަޑާންގަނޑު ނީލަން ކިޔުން 10 ސެޕްޓެމްބަރު 2022 ވާ ހުކުރު ދުވަހު ހެނދުނު 10:00 ގައި ބާމަދަރުސާގައި އޮންނާނެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން މިދެންނެވުނު ގަޑިޔަށް ބާމަދަރުސާ އަށް ދުރުވެ ދެއްވުން އެދެމެވެ.

            މިނީލަމުގައި ބައިވެރިވެވޭނީ 2000.00ރ ( ދެހާސް ރުފިޔާ ) ގެ ޑިޕޮސިޓެއް މި އިދާރާގައި ބެހެއްޓުމަށް ފަހުގައެވެ. މިނީލަމުގެ ޑިޕޮސިޓް ފައިސާ 2022 ސެޕްޓެމްބަރު 08 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިއިދާރާއަށް ދައްކަން ވާނެއެވެ. ޑިޕޮސިޓް ފައިސާ ނުދައްކާ ފަރާތްތަކަށް މިނީލަމުގައި ބައިވެރި ނުވެވޭނެއެވެ.

            ޑިޕޮސިޓް ފައިސާ އަނބުރާ ލިބޭނީ ތަން ނަގާފަރާތުން ނީލަމުން ތަން ނެންގެވުމަށްފަހު ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ދައްކާ ، ނީލަމުން ނެންގެވި ތަކެތި އެސަރަހައްދުން ގެންދިއުމަށް އެންގިފައިވާ ތާރީޚަށް ގެންދަވާ ތަން ސާފުކޮށް ނިންމުމުންނެވެ. ނީލަމުން ތަން ނެންގެވުމަށްފަހު ތަކެތި ނުގެންދަވާ ނީލަމުން ނެގިތަކެތީގެ ފައިސާ ނުދައްވަކަވައިފިނަމަ, ދެއްކެވި ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެއެވެ. ނަމަވެސް ނީލަމުގައި ބައިވެރިވެ ތަން ނުނަންގަވާ ފަރާތްތަކުގެ ޑިޕޮސިޓް ފައިސާ ނީލަންކިޔާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ދެވޭނެއެވެ.  އަދި ޑިޕޮސިޓް ފައިސާ ދެއްކުމަށްފަހު ނީލަމުގައި ބައިވެރި ނުވިނަމަވެސް ނީލަންކިޔާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ދެވޭނެއެވެ.

            މިނީލަމުން ތަން ނެންގެވުމަށް ފަހު ފައިސާ ދައްކާނީ 11 ސެޕްޓެމްބަރު 2022 ވާ އަދިއްތަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ނީލަމުން ތަން ނަގާ ފަރާތުން ދެންނެވިފައިވާ ތާރީޚްގެ ( 11 ސެޕްޓެމްބަރު 2022 ) ކުރިން ފައިސާ ނުދައްކައި ތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. ނީލަމުން ތަން ނެންގެވުމަށް ފަހު ފައިސާ ދައްކާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި ތަނުގައިހުރި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. މިމުއްދަތު ނިމޭއިރު އެސަރަހައްދުން ނުގެންދަވާ ތަކެއްޗަކީ ބޭނުން ނެތިގެން ބަހައްޓާފައިވާ ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

            އަދި ދަންނަވަމެވެ. ނީލަން ކިޔުމުގެ ކުރިން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވުމަށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބައްލަވާލެއްވުމުގެ ފުރުސަތު 2022 ސެޕްޓެމްބަރު 08 ވަނަ ދުވަހުގެ މެންދުރުފަހު 14.15 އިން 16.00 އަށް ބާމަދަރުސާގައި އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.

            ނީލަން ފެށޭ އަގަކީ 2000.00ރ ( ދެހާސް ރުފިޔާ ) އެވެ. އަދި އިތުރު ކުރެވޭނެ އެންމެ ކުޑަ މިނަވަރަކީ 100.00ރ އެވެ. ވީމާ މިކަން ޢާއްމުކޮށް އަންގައި ޢިއުލާނު ކުރީމެވެ.

05 ސެޕްޓެންބަރު 2022
ހޯދާ