ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ސްކޫލްގެ ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

މިސްކޫލްގެ ގޯތިތެރޭގައި ކުލާސްރޫމްތައް ކުރިމަތީ ސްކޫލުން ދައްކާ ޑިޒައިނަކަށް ގާއަތުރައިގެން ވޯކްވޭތަކެއް ހަދަން ބޭނުންވެއެވެ.

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު (2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު (2014/09) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ކުންފުންޏަކުން އަދި ފަރުދުންގެ ވިޔަފާރިއެއްގެދަށުން މަޢުލޫމާތު ސާފުކުރަން ނުވަތަ އެސްޓިމޭޓް ހުށަހަޅަން އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އޭނާ އެއައީ ކޮންފަރާތަކުންކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ސެޕްޓެމްބަރ 2022 އަންގާރަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހު 11:00 ގައި ކަނޑޫދޫ ސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ތިރީގައިއެވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

-          އަމިއްލަ ތަކެތީގައި ތ.ކަނޑޫދޫ ސްކޫލްގެ ވޯކްވޭ ހެދުމަށްއެދި / ތ.ކަނޑޫދޫ ސްކޫލް

 

09 ޞަފަރު 1444

05 ސެޕްޓެމްބަރ 2022

 

05 ސެޕްޓެންބަރު 2022
ހޯދާ