މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓަރޓަލް ސްޓޭޑިއަމްގައި ޖަހާފައިހުރި ހޮޅިތަކާއި ފެންސް ނަގައިދޭނެ ފަރާތެއް ހޯދުން

 (IUL)321/321/2022/162 :ނަންބަރ

އިޢުލާން

ޓަރޓަލް ސްޓޭޑިއަމްގައި ޖަހާފައިހުރި ހޮޅިތަކާއި ފެންސް ނަގައިދޭނެ ފަރާތެއް ހޯދުން

              މިރަށު ޓަރޓަލް ސްޓޭޑިއަމްގެ ވަށައިގެންޖަހާފައިވާ ފެންސްތަކާއި ދަގަނޑު ހޮޅިތަކާއި ދައުތައް ނެގުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ އަގުބަލާ ފޯމް ނެންގެވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

ފޯމްހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚާއި ގަޑި:

2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން

އަގުބަލާ ފޯމްތައް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 10:15

 

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ޓަރޓަލް ސްޓޭޑިއަމްގައި ޖަހާފައިހުރި ހޮޅިތަކާއި ފެންސް ނަގައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވަން އެދިލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އަގުބަލާ ފޯމު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

09   ޞަފަރު   1444

05 ސެޕްޓެންބަރު 2022
ހޯދާ