މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކިހާދޫ މަސްޖިދުލް ތަޢާވުނުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

c

                                   

      މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ    

         ކިހާދޫ ، ދިވެހިރާއްޖެ        

Secretariat of the Southmaalhosmadulu Kihaadhoo Council

Kihaadhoo, Rep. of Maldives

                                                                  ނަންބަރު: (IUL)316/316/2022/50

 

 

 

އިޢުލާން

     

                މިރަށު ހުކުރުމިސްކިތުގައި ކުރަންހުރި މަރާމާތުގެ  މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު  (IUL)316/316/2022/45 (17 އޮގަސްޓް 2022) އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އަލުން މިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

                  ވީމާ، މިކަން ކޮށްދެއްވުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:00 ށް ކިހާދޫ ކައުންސިލްގެ އިދާރާއަށް  ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ހުންނަންވާނީ ސިޓީއުރައަކަށްލާ  ބަންދުކުރެވިފައެވެ.  ސިޓީއުރައިގެ ބޭރުގައި "ހުކުރުމިސްކިތުގައި ކުރަންހުރި މަރާމާތުމަސައްކަތުގެ އެސްޓިމޭޓް"  މިހެން ލިޔެފައި  އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ.

 

                  އެސްޓިމޭޓް ހުށަހަޅަން ވަޑައިގަންނަވާއިރު  ބަދަލުގައި  އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، ބަދަލުގައި މީހަކު  ފޮނުވާކަމުގެ  ސިޓީއަކާއި ބަދަލުގައި އަންނަފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

                  މި މަސައްކަތާއިބެހޭގޮތުން ބާއްވާ މަޢުލޫމާތު  ދިނުމުގެ  ބައްދަލުވުން 06 ސެޕްޓެމްބަރ  2022 ވާ އަންގާރަ ދުވަހުގެ  މެންދުރުކުރި 10:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

 

                  މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 08  ޞަފަރު        1444               

04  ސެޕްޓެމްބަރ     2022

04 ސެޕްޓެންބަރު 2022
ހޯދާ