ކޮންޓްރެކްޓް އުސޫލު ޏ.ފުވައްމުލަކު މީޑިއާ ސެންޓަރު ސާފުކުރާނެ މިހަކު ހޯދުން
|
މަސައްކަތުގެ އަގު:
|
-/2,000 ރުފިޔާ
|
މަސައްކަތުގެ މުއްދަތް:
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2 ފަރާތް އެއްބަސްވާނަމަ މުއްދަތް އިތުރު ކުރެވޭނެ)
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން:
|
ޏ.ފުވައްމުލަކު މީޑިއާ ސެންޓަރ
|
މަސައްކަތުގެ މަސްއޫލިއްޔަތު:
|
- ހަފްތާއަކު 2 ދުވަހު އިމާރާތާއި، ގުޅިފައިވާ މަގުމަތި ކުނިކަހާ ސާފުކުރުން
- ހަފްތާ އަކު 2 ދުވަހު އިމާރާތުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން
- މަހަކަ 1 ފަހަރު އިމާރާތުގެ ގޯތިތެރޭއާއި އިމާރާތުގެ ވަށައިގެން މަގުމަތީ ހުރި ވިނަ ނޮޅައި ސާފުކުރުން
|
މިމަސައްކަތަށް އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަސައްކަތް ކޮށްދިނުމަށް އެދޭ ކަމުގެ ސިޓީއާއި،
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މިމަސައްކަތްކުރުމަށް އެދިލައްވާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މި މަސައްކަތަށް އެދިލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.
|