މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                  މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް, ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:ފޯކްލިފްޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 1               

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާރޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: - -/4،400 ރުފިޔާ- -/5،370 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައސާ/އެޑިއުކޭޝަން އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން:ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް، އެމްޓީ.ސީ.ސީ ސޯމިލް

ޝަރުޠު: - ފޯކްލިފްޓް އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން.

      - ގިނަ ކަންތައްތައް ކުރިއަށްގެންދިޔުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

      - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޓްރާންސްޕޯޓުގެ ޤަވާއިދާ އެއްގޮތަށް ޑިޕާޓްމަންޓުގެ މުދާ އަރުވައި ބޭލުމުގެ މަސައްކަތުގައި ފޯކްލިފްޓް އޮޕަރޭޓްކުރުމާއި، ވެހިކަލްގެ މެއިންޓެނަންސް މަސައްކަތާއި، ސާފުކޮށް ވެހިކަލް ބެލެހެއްޓުން.

މަޤާމު: އޮޕަރޭޓަރ

ބޭނުންވާ އަދަދު: 1                  

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)    

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް: -/4،400 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

އެހެނިހެން އެލަވަންސް: އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަރމަންޓް ޕެންޝަންސްކީމް، މެޑިކަލް އިންޝުއަރަންސް

މަސައްކަތް ކުރަންޖެހޭތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި

ޝަރުޠު: - ފެރީ/ދޯނިފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F  ކެޓަގަރީ)

      - ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

      - އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

      - ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

      - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސްމީހެއްގެގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމް: ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު: 1              

ޑިޕާޓްމަންޓް: ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ: -/3،850 ރުފިޔާ                    

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ          

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ/ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު: - ގްރޭޑް 10 ގެ ފެންވަރު (ހިސާބު  ނުވަތަ އެކައުންޓްސުން ފާސްވެފައިވުން)

     - ފައިސާއާއި މުޢާމަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

     - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާގޮތުގެމަތިން ދަތުރުގެ އެންމެހައި ކަންތައް ބަލަހައްޓައި، ޕަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުމާއި، ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.   

މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 2

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު ދުވަސް  (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ޓްރާންސްޕރޓް ފޯރ މޯލްޑިވްސް

މުސާރަ: -/3،850 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ         

އެހެނިހެން އެލަވަންސް/ޢިނާޔަތް:އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ޓްރާންސްޕޯރޓް ފޯރ މޯލްޑިވްސް

ޝަރުޠު: - ގްރޭޑް 10 ގެ ފެންވަރު ނުވަތަ ގްރޭޑް 6-8 ފެންވަރު. އަދި މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 3 އަހަރު ނުވަތަ 4 އަހަރު ދުވަހުގެ އަހަރުގެ ތަޖުރިބާ ލިބިފައިވުން.

     - ކަސްޓަމަރުންނަށް އިޙްތިރާމާއިއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭގޮތަކަށް އެހީތެރިވުން.  

މަޤާމު: ކްރޫ

ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 1

ޑިޕާޓްމަންޓް:  ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ: -/3،850 ރުފިޔާ          

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ    

އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ، ޓްރިޕް އެލަވަންސް، ރިޓަޔަމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން: ޓަގު ބޯޓު

ޝަރުޠު: - އަސާސީ ތަޢުލީމުގެ ފެންވަރު

     - ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކުކަމުގައިވުން.

     - ކަސްޓަމަރުންނަށް އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

     - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޓަގު އޮޕަރޭޓްކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަންދިނުމާއި،  އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި، ޓަގު ސާފުކޮށް ބެލެހެއްޓުން.

      ވީމާ، މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 2014 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު،  ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް، ފޯމާއެކު ހުށެހެޅުން އެދެމެވެ. މި މިތަކެތި ފެކްސް އަދި އީމެއިލުންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމް، ކުންފުނީގެ ހިއުމަން ރިސޯރސަސް ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑުޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

27 ޛުލްޙިއްޖާ 1435

 

21 އޮކްޓޫބަރު 2014
ހޯދާ