ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރާ ގުޅޭ އިންފޮމޭޝަން ސިސްޓަމްސް ޤާއިމްކުރުމަށް ކުރާ މަސައްކަތައް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އެޖަންސީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޑިޖިޓަލް ދަފްތަރާއި ގުޅޭ އިންފޮމޭޝަން ސިސްޓަމް ޤާއިމްކުރުމަށް ކުރާ މަސައްކަތް ކުރިއަށްގެންގޮސް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް އަދި ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
އަންދާސީހިސާބު ހުށަހެޅުން |
13 ސެޕްޓެމްބަރ 2022 |
އަންގާރަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށެވެ. |