އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުން

މި އިޢުލާންވަނީ 15 ސެޕްޓެންބަރު 2022 08:42 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން 

މި ކޯޕަރޭޝަންގައި ހުރި ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.      

ނީލަން ކިޔަން ބޭނުންވާ ތަކެއްޗާއި އެންމެ ކުޑަ އަގު

ނަން

އަދަދު

ނީލަން ފެށޭ އަގު

ބިއްލޫރި ޝީޓް 8 އެމްއެމް

22

33,580.80 ރުފިޔާ

 

ނީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން:

ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 12 ސެޕްޓެމެބަރ 2022 ވަނަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ މައުލޫމާތު  [email protected] އަށް ފޮނުއްވައިގެން ރެޖިސްޓަރކުރެއްވުން އެދެމެވެ.

  1.  ނަން އަދި އައިޑެންޓިޓީ ކާޑު ނަންބަރު:
  2. ގުޅޭނެ ފަރާތުގެ ނަމާއި ފޯނު ނަންބަރު:
  3. އީމެއިލް އެޑްރެސް:

ނީލަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތާރީޚާއި ތަން އަދި ގަޑި

ތާރީޚް

ގަޑި

ތަން

14 ސެޕްޓެމްބަރ 2022

15:00

މ. ކަނީރުވިލާ 2 ވަނަ ފަންގިފިލާ

މުދާ ގެންދިޔުން

ނީލަން ކާމިޔާބު ކުރާތާ 36 ގަޑިއިރު ތެރޭގައި މި ކޯޕަރޭޝަންގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، މުދާ ގެންދަންވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބުކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.

އިތުރު މައުލޫމާތު:

ނީލަމުގައި ބައިވެރިވެވޭނީ، ނީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވާ ފަރާތްތަކަށެވެ.

މިކަމާގުޅޭ ގުލޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް

މ.ކަނީރުވިލާ 02 ވަނަ ފަންގިފިލާ،

އޯކިޑް މަގު، މާލެ’ 20212

އީމެއިލް: [email protected]

ފޯނު: 3026010

04 ސެޕްޓެންބަރު 2022
ހޯދާ