ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢަފީފުއްދީން ސްކޫލް އޮފީހުގައި ޕާޓިޝަން ޖެހުމާއި ކައުންޓަރު ހެދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 ސެޕްޓެންބަރ 5 އިން ސެޕްޓެންބަރ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޢަފީފުއްދީން ސްކޫލުގައި ނަންނޯޓުކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ2022 ސެޕްޓެންބަރ 11 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ސެޕްޓެންބަރ 12 ވާ ހޯމަ ދުވަހުގެ 10:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 ސެޕްޓެންބަރ 18 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- ޢަފީފުއްދީން ސްކޫލު / ހދ. ކުޅުދުއްފުށި
- ފޯން: 6528046 ، 6528041
- އީމެއިލް: [email protected]
04 ސެޕްޓެންބަރު 2022
ހޯދާ