ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އިންޓަރނޭޝަނަލް އެންޑް ޕީއާރު އެގްޒެކްޓިވް

މަޤާމް :ސީނިއަރ އިންޓަރނޭޝަނަލް އެންޑް ޕީއާރު އެގްޒެކްޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                               

މަޤާމް

ސީނިއަރ އިންޓަރނޭޝަނަލް އެންޑް ޕީއާރު އެގްޒެކްޓިވް  

އަސާސީ މުސާރަ

-/8,150 ރުފިޔާ

ސަރވިސް އެލަވަންސް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް އެންޑް މާރކެޓިންގ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން  ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޕްރައިމަރީ މަސައްކަތްތައް

  • ޕީއެސްއެމް ގެ  އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕަބްލިކް ރިލޭޝަން އާއި  ގުޅުން ހުރި މަސައްކަތްތައް ކުރުން
  • ކުންފުނީގެ ބޭނުންތަކަށް ރާއްޖެ ވަޑައިގަންނަވާ ޑެލިގޭޓުންގެ މެހެމާންދާރީގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން
  • ކުންފުނީގެ ފަރާތުން ހަދަންޖެހޭ ރީޖަނަލް ކޮމިއުނިކޭޝަންތައް ހެދުން އަދި ކަމާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތަށް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން
  • ކުންފުންޏަށް އެކި ޕްރޮގްރާމް/ އިވެންޓް ތަކުގެ ރައިޓްސް ހޯދުމާއި ބެހޭގޮތުން ހަދަންޖޭ ކޮމިއުނިކޭޝަންތައް ހެދުން އަދި މި މައުލޫމާތު ކަމާއި ގުޅުންހުރި ބޭފުޅުންނާއި ހިއްސާކޮށް ، ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން
  • އެކި އެކި ކަންކަމާއި ގުޅިގެން ކުންފުނީގެ ފަރާތުން ނަގާ ސްޓޭންޑާއިބެހޭގޮތުން ހަދަންޖެހޭ އެނައުންސްމަންޓް/ ނޫސްބަޔާންފަދަ ތަކެތި ތައްޔާރުކޮށް ކަމާއި ގުޅުންހުރިފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • ރިޕޯޓް ލިޔުން، ކޮޕީ ރައިޓިންގ އަދި ވެބް ކޮންޓެންޓް ރައިޓްސްހޯދުމާއި ގުލުންހުރި މަސައްކަތްތައް ކުރުން
  • ފޭސްބުކް، ޓުވިޓަރ ފަދަ އޮންލައިން އަދި ޑިޖިޓަލް މީޑިއަމްތައްބޭނުންކޮށްގެން ކޯޕަރޭޓް އަދި ޕީއާރު މައުލޫމާތު ޕަބްލިކާއި ހިއްސާކުރުން

ޖެނެރަލް  މަސައްކަތްތައް

  • ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސޭލްސް އާއި މާކެޓިންގެ ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން.
  • ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން
  • ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓްގެ ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
  • ވަޒީފާއާއި ގުޅިގެން  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް
  • ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  • މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                            08 ސަފަރު 1444

04 ސެޕްޓެންބަރު 2022
ހޯދާ