ދިވެހިރާއްޖެ
އިޢުލާން
17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ސެންޓްރަލް މާލެ ޒޯންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއިގުޅޭ
17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ސެންޓްރަލް މާލެ ޒޯންގައި ބައިވެރިވުމުގެ މުއްދަތު ވަނީ 08 ސެޕްޓެމްބަރ 2022 އަށް އިތުރުކުރެވިފައެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ އެންމެހާ ސްކޫލް/ މަދަރުސާތަކުން މުބާރާތުގައި ބައިވެރިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ މެއިލް [email protected] އަށް ޙިއްސާކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.